logo

ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނާވެ ފުރަތަމަ ރައީސަކަށް, ރައީސް މުޢިއްޒު ވެވަޑައިގަންނަވާނެ: ނައިބް ރައީސް

ރިފާއު

7 އޯގަސްޓު 2024 - 04:27
ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނާވެ ފުރަތަމަ ރައީސަކަށް, ރައީސް މުޢިއްޒު ވެވަޑައިގަންނަވާނެ: ނައިބް ރައީސް

ދިވެހި ރާއްޖެ ޑިމޮކްރަސީގައި މިކުރާ ދަތުރުގައި ފުރަތަމަ ފަހަރަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާ ބޭފުޅަކަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެ ކަމަށް ނައިބް ރައީސް ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ވިދާޅުވީ ރައީސްގެ އިޚްލާޞްތެރިކަމާއި ވިދާޅުވާ ބަސްތައް ތަންފީޒު ކުރެއްވުން އެއީ އެމަނިކުފާނު ދެވަނަ ދައުރަކަށް ރައްޔިތުން ހޮއްވަވަން ބޭނުންވާނެ ސަބަބު ކަމަށެވެ.

"ރާއްޖޭގެ ރައީސަކު ހޮވާކަމުގައި ވާނަމަ މިފަހަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެކަމީ އަޅުގަނޑަށް ޝައްކެއް އޮތް ކަމެއް ނޫން. އެ އިޚްލާސްތެރިކަން، ބަސް ބުނުމުގައި ރައްޔިތުންގެ ހިތުގައި އޮތް ޝުއޫރާއި އެއްގޮތަށް ބަސް ބުނަން ދަންނަ އަދި އެބަހުގައި ހިފަހައްޓައިގެން އެބަސް ތަންފީޒު ކުރުމަށްޓަކައި މަސައްކަތްޕުޅު ކުރައްވާ ވެރިއަކަށް ވާތީވެ އެންމެ ގާތުން މަސައްކަތްކުރާ އެކަކަށްވާތީ އަޅުގަނޑަށް އެމަންޒަރު ފެންނާތީ މިވާހަކަ ހިއްސާ ކޮށްލީ ދިވެހިރައްޔިތުންނަށް" ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ލީޑަރުން މި ގައުމުގެ ޖީލެއް ހަލާކުކޮށްލާފައިވާ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށާ އްޖޭގެ މަޝްހޫރު ސިޔާސީ ލީޑަރުންނާއި އެހެން ޤަދަރުވެރި ބޭފުޅުން ބަލިކުރައްވައި ރައީސް މުޙައްމަދު މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ، އެ ސިޔާސީ ލީޑަރުން މާޒީގައި ކަންތައް ކޮށްފައިވާ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހޭތީ ކަމަށެވެ.

ނިމުނު މަޖިލީސް އިންތިހާބުގައި ރައްޔިތުންގެ މެދުގައި ރުޅުވެރިކަމާއި ނަފްރަތު އުފެއްދުމުގެ މާޒީ ތަކުރާރުވި ކަމަށާއި ނަމަވެސް ރައްޔިތުން އެކަމަށް ނޫނެކޭ ބުނި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް